ކާމިޔާބު ޝޯ ބިގް ބޮސް ތެލެގޫ މި މަހު ފަށާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި މަހު 30 ގައި ބިގް ބޮސްގެ ތެލެގޫ ވާޝަން މި މަހު ފަށަން ހަމަޖެހުނު ނަމަވެސް އަސްލު މި ޝޯ ފަށާގޮތަށް އޮތީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައެވެ. ނަމަވެސް ކޮވިޑް އާ ގުޅިގެން ޝޯ ފަސްކުރީއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ބިގް ބޮސް ތެލެގޫ ފަށާއިރު އޭގައި ބައިވެރިވާ ހުރިހާ ބައިވެރިންނާއި ޕްރޮޑަކްޝަން ޓީމުގެ ހުރިހާ މެންބަރުން ވެސް ކޮވިޑަށް ޓެސްޓްކުރާނެއެވެ. އަދި ޝޯގެ ބައިވެރިން އެއް ހަފްތާގެ މުއްދަތަކަށް ކަރަންޓީންވެސް ކުރާނެއެވެ. މިފަހަރުފެ ތެލެގޫ ބިގް ބޮސްގައި ލައިވް އޯޑިއަންސެއް ނޯންނާނެއެވެ. ހަމައެއާއެކު ޝޯގެ ކްރޫ މެންބަރުންނަށް މި ޝޯ ނިމެންދެން އެމީހުން ދިރިއުޅޭ ތަން ދިނުމަށް ހަމަޖެހިފައިވެއެވެ.

ބިގް ބޮސް ތެލެގޫގެ ހޯސްޓަކީ ފިލްމީތަރި ނަގަރްޖުނާ އަކިނޭނީއެވެ. މި ފަހަރުގެ ޝޯ ކުރިއަށްދާނީ 10 ހަފްތާގެ މުއްދަތަކަށެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް ގެނެސްދިނީ 2017 ވަނަ އަހަރުއެވެ.