އޮސްޓްރޭލިއާގެ ކައިރީގައި އޮންނަ މައިކްރޮނީޝިއާގެ ރަށެއްގައި ތާށިވެފައި ތިބި ބަޔަކު ސަލާމަތްވުމުގެ މެދުވެރިއަކަށް އެމީހުން ލިޔުނު "އެސްއޯއެސް" މެސެޖު ވެއްޖެއެވެ.

"ޕިކެލޮޓް އައިލެންޑް"ގެެ އަތިރިމަތީގައި ބޮޑުއަކުރުން "އެސްއޯއެސް" ލިޔެފައިވެއެވެ. އެސްއޯއެސް ނުވަތަ "ސޭވް އަވާ ސޯލް" އަކީ ހާލުގައި ޖެހުމުން އެހީ އަށް އެދުމުގައި އާންމުކޮށް ބޭނުންކުރާ މޯސްކޯޑެކެވެ.

ހާލުގއި ޖެހުނުއިރު އެމީހުން ދަތުރުކުރަމުން ދިޔައީ ޕުލާފަތުން ޕުލާޕަތު އަތޮޅަށް ދިއުމަށެވެ. ނަމަވެސް އެމީހުން ދަތުރުކުރި ކުޑަ އުޅަނދުން ތެޔޮ ހުސްވެ ޕިކެލޮޓް އައިލެންްޑްގައި ތަށިވީއެވެ.

އެ މީހުން ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އެ ހިސާބު ކައިރީގައި އޮންނަ އެމެރިކާގެ މިލިޓަރީ ބޭހެއް ކަމަށްވާ ގުއާމްގައި ތިބޭ ސިފައިންއެވެ.

ނަމަވެސް މިލިޓަރީ ފަރިތަކުރުން ތަކަކަށް އޮސްޓްރޭލިއާގެ ކެންބަރާއިން ހަވާއީއަށް ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރެއް ފަހުން ވަނީ އެ މީހުން ހޯދުމުގައި ހަރަކާތްތެރިވެފައެވެ.

އެ ކޯޑް ފެނިގެން އޮސްޓްރޭލިއާގެ ހެލިކޮޕްޓަރު އެރަށަށް ޖައްސައި ހާލުގައި ޖެހުނު މީހުންނަށް ވަނީ ފެނާއި ކާނާ ފޯރުކޯށްދީފައެވެ. އެމީހުން އެނބުރި ވަޒަނަށް ގެންދިޔައި މައިކްރޮނީޝިއަންގެ ޕެޓްރޯލް އުޅަނދަކުންނެވެ.

މައިކްރޮނީޝިއާއަކީ 600 މީހުންގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާއެކެވެ.-- ބީބީސީ--