ހދ. ނޭކުރަންދޫގައި މުސްކުޅި ދެމަފިރިއަކު ދިރިއުޅޭ ގެއަކުން ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ނޭކުރަންދޫ މާތިލަ އަށް ވަގުން ވަދެ ފައިސާ އާއި ގަހަނާގެ އިތުރުން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ބުނީ މުސްކުޅި އެ ދެމަފިރިންގެ ގެއިން ވައްކަން ކުރި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށަށް ފޮނުވާފައިވާ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުންދޭ 2،000ރ. އިން ދިރިއުޅުން ހަމަޖައްސަމުން އަންނަ އެ ދެމަފިރިންގެ ގެއިން ވައްކަން ކުރި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފަ އެއް ނުވެއެވެ.

ނޭކުރަންދޫން މައުލޫމާތު ދިން މީހަކު ބުނީ އުމުރުން 65 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ދެމަފިރިންގެ ގެއިން ވައްކަންކުރިއިރު ގެއަށް ގެއްލުން ދީ ގޭގައި ހުރި ބައެއް ވަޑާމުގެ ސާމާނު ވެސް ގެންދިޔަ އެވެ.