04 Aug 2020, 11:48
ކޮވިޑް19 އަށް ޕޮޒިޓިވްވި އެއް މަހުގެ ތުއްތު ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
އެކުއްޖާ އެޑްމިޓްކޮށްފައި ވަނީ މިއަދުއެވެ. އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވީ އެކުއްޖާ އެޑްމިޓްކޮށްފައި ވަނީ ވަރަށް ބޮޑަށް ހުން ގަދަވެގެން ކަމަށެވެ.
އަދި އެކުއްޖާއަށް ގާތުން ދިނުމުގައި އުނދަގޫތަކެއް ހުރިކަމަށާއި، ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 4,293 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،590 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކުޑަކުދިންގެ އަދަދު ގިނައެވެ. އެގޮތުން މިހާތަނަށް 0-10 އަހަރާ ދެމެދުގެ 210 ކުއްޖަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެގެން މިހާތަނަށް ފަރުވާދީފައެއް ނުވެއެވެ.