މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސި ނަމަވެސް މި ދުވަސްތަކުގައި ވެސް އެކްސްޕެޓް އޮންލައިސް ސިސްޓަމް މެދުވެރިކޮށްދޭ ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދޭ ހިދުމަތްތަކަށް ކޮންމެ ދުވަހަކު 10:00 އިން 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ބިދޭސިން ގެނައުމުގެ ކަންތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރި ފަހުން، ބިދޭސިން ގެނައުމަށް ކުރަންޖެހޭ ރެޖިސްޓްރޭޝަން މަސައްކަތް ކުރަނީ އެ ސިސްޓަމުގެ ތެރެއިންނެވެ.

އެގޮތުން ރާއްޖެއަށް ބިދޭސީން ގެންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީ ކުރުމަށް ފަހު، އެ ސިސްޓަމްގެ ތެރެއިންނެވެ.