މިދިޔަ ދެ ސީޒަނުގައި ވެސް ޔުވެންޓަސްއަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ސީޒަނުގައި ވެސް އެކުލަބުގައި މަޑު ކުރާނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑާ އެކު ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު 115 މިލިއަން ޑޮލަރުގެ އަގަކަށް ރޮނާލްޑޯ ޔުވެންޓަސްއަށް މީގެ ދެ އަހަރު ކުރިން ގުޅުނީ އާ ޗެލެންޖެއް ހޯދުމަށް ކަމަށް ބުނެ އެވެ. އެއަށް ފަހު މި ވޭތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ އެކުލަބާއި، އިޓާލިއަން ލީގުގެ އެތައް ރެކޯޑެއް މުގުރާލައި، ކުލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކަށް ވެފަ އެވެ.

މިދިޔަ ސީޒަނުގައި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ރޮނާލްޑޯ ވަނީ މި ސީޒަނުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ ޔުވެންޓަސްއަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އެގޮތުން ލީގުގައި އޭނާ މިފަހަރު 31 ގޯލު ޖަހާފައިވާ އިރު މިއީ ޔުވެންޓަސްގެ ކުޅުންތެރިއަކު އެ އަދަދަށް ލީގުގައި ގޯލު ހަމަކުރި ފުރަތަމަ ފަހަރެވެ. ރޮނާލްޑޯއަށް ވުރެން އިތުރަށް މި ސީޒަނުގައި ގޯލު ޖެހީ ހަމައެކަނި ލާޒިއޯގެ ޗީރޯ އިމޮބިލޭ އެވެ.

މިފަހަރުގެ ލީގު ތަށްޓާއެކު ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތާރީހުގައި ވެސް ޖެހި ޖެހިގެން އެންމެ ގިނަ ފަހަރަށް ލީގު ކާމިޔާބުކުރުމުގެ ޝަރަފު ޔުވެންޓަސްއަށް ވަނީ ލިބިފަ އެވެ. ޔުވެންޓަސްއާ ދެން އެންމެ ގާތުން ވާދަކުރާ ބަޔާން މިއުނިކުން ވަނީ މި ސީޒަނުގެ ޖަރުމަން ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

View this post on Instagram

Happy to win the last two of the nine Serie A consecutive titles for Juventus! It seems easy but it isn't! Year after year with talent, dedication and hard work you can achieve your goals and be better than before! Let’s go for my third