މި އަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންގެ ވިސާއާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް މިމިނިސްޓްރީން ގުޅަމުން އަންނަ ކަމަށެވެ.

އެހެންކަމުން ސެޕްޓެމްބަރު އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހުށަހެޅުމަށް މި މަހުގެ ހަތަރު ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާޕޯޓަލްގައިރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.

އިނގިރޭސިވިލާތުގައި ދިވެހި ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލްކުރަމުން ގެންދެއެވެ.