02 Aug 2020, 08:01
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ބޫމީ ޕެޑްނޭކަރުގެ ކުރިއަށް އޮތް ފިލްމު "ދުރްގާވަތީ"ގެ ޝޫޓިން އަލުން ފަށަން ނިންމައިފި އެވެ.
މިދިޔަ ޖަނަވަރީ މަހު މި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް، ކޮވިޑް-19ގެ ސަބަބުން އިންޑިއާ ލޮކްޑައުންކުރި އިރު ފިލްމުގެ ޝޫޓިން ވެސް ވަނީ މެދުކެނޑިފަ އެވެ. މެދުކެނޑުމަކަށް ފަހު ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ހަފްތާތެރޭ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ.
މި ފިލްމުގެ ބާކީ ބައި ޝޫޓިންނަށް ނަގާނީ އެންމެ ހަތަރު ދުވަސްކަމަށާއި ފިލްމުގެ ޝޫޓިން މި މަސް ނިމުމުގެ ކުރިން ނިންމާލާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އަކްޝޭ ކުމާރު އާއެކު ބޫމީ ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށެވެ. މި ފިލްމަކީ ހޮރޯ ކޮމެޑީ ފިލްމެކެވެ.
ދުރްގާވަތީ އަކީ އަކްޝޭ އާއި ބޫމީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ ކާތިކް އާރްޔަން އާއެކު "ޕަތީ ޕަތްނީ އޯރް ވޯ" އިންނެވެ.