31 Jul 2020, 22:09
މިއަދު ރާއްޖެއިން ކޮވިޑް19 އަށް 74 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތާފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 30 ބިދޭސީންނެވެ.
ބިދޭސީންގެ ތެރޭގައި ހިމެނެނީ، 19 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ އަށް މީގެއްގެ އިތުރުން ސްރީލަންކާ، ނޭޕާލް އަދި ފިލިޕީންސްގެ އެކަކަކެވެ.
މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 70 ކޭސް އަކީ ގްރޭޓާ މާލެ ސަރަހައްދުން ފެނުނު ކޭސްތަކެވެ. ބަކީ ހަތަރު ކޭސް ފެނުނީ އަތޮޅު ތެރެއިންނެވެ.
އަތޮޅު ތެރެއިން ފެނުނު ކޭސްތަކުގެ ތެރޭގައި ފުލިދޫ އަދި ހިންނަވަރުގައި ހޯމް ކަރަންޓީނޫގައި ހިމެނޭ ދެ މީހުން ހިމެނެވެ. ބަކީ ތިބި ދެމީހުން ޕޮޒިޓިވްވީ ކޮން ރަށަކުން ކަމެއް އަދި ސާފެއް ނުވެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 3793 އަށް އަރާފަ އެވެ.
މިއަދު ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ އަދަދަކީ، 39 އެވެ. އެއާއެކު މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދަކީ، 2،607 އެވެ.
މިއަދު 74 ކޭސް ފެނުނު އިރު، އިއްޔެ ފެނުނު ކޭސްތަކުގެ އަދަދަކީ، 152 އެވެ. ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭ އިން މިހާރު ވަނޫ ބައެއް ފިޔަވަޅުތައް ހަރުަކަށި ކޮށްފައެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރުކޮށް، ރޭގަނޑު 11ގެ ފަހުން ބޭރުގައި އުޅޭ މީހުން އިތުރަށް ބަލައި، ފިވަޔަޅު އެޅުމަށް ވަނީ ނިންމާފައެވެ. ކުރިންވެސް ރޭގަނޑު 11 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް ފުރަބަންދަށް ދިން ލުއިތަކާއެކު ފުލުުހުން މާ ބޮޑަށް އެކަން މޮނީޓާ ނުކުރެއެވެ.