31 Jul 2020, 17:46
ރާއްޖެއިން ދެކުނު ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ފުލުހުން ބުނީ، އެކަން ހިނގައިފައިވަނީ، ގއ. ގދ. ގައި ހިމެނޭ ރަށެއްގައި ކަމަށެވެ.
އެ މައްޗަށް ފުުހުންނަށް ހުށަހެޅީ ރޭގެ ވަގުތެއްގައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިވަޅުތައް އަޅައި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.