ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޕަބްލިކް އެންޓާޕްރައިޒަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސާގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

މިމަގާމަށް އައްޔަން ކުރެއްވީ މައްޗަންގޮޅި މާޅެނބޫގޭ ފާތިމަތު މުއާޒާ އެވެ. އޭނާ މިމަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.