މޫނުގައި ހުންނަ ރޫ ފިލުވުމަށް ބޭނުންކުރާ ބޮޓޮކްސް އިންޖެކްޝަން ޖެހުމުން ޑިޕްރެޝަނާ ދުރުކޮށްދޭކަަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އިއްޔެ ސައިންޓިފިކް ރިޕޯޓްސްގައި ޕަބްލިޝްކުރި ރިޕޯޓްގައި ބުނީ މޫނުމަތީގައި އެކި ހަ ސަރަހައްދަަށް ބޮޓޮކްސް އިންޖެކްޝަން ޖެހި މީހުންގެ ޑިޕްރެޝަން ދަށްވެފައިވާ ކަމަށެެވެ.

ބެކްޓީރިއާއެއް ކަމަށްވާ ކްލޮސްޓްރިޑިއަމް ބޮޓުލިނަމް ބޭނުންކޮށްގެން ތައްޔާރުކޮށްފައިޗާ ބޮޓޮކްސްގެ ސަބަބުން ވަކި މަސްތަކެއް ޕެރަލައިޒް ނުަތަތަ ނާރުތައް ބްލޮކްވެ އެވެ.

ނަމަވެސް ބޮޓޮކްސް އިންޖެކްޝަން ޖެހުމުން ޑިޕްރެޝަނާ ދުރުކޮށްދެނީ ކިހާ ދުވަހެއްކަމެއް ސައިންސްވެރިންނަށް ދެނެގަނެވިފައެއް ނުވެއެވެ.

ފާމަސީގެ ޕްރޮފެސަރެެއް ކަމަށްވާ ރޫބެން އަބަގިޔާން ވިދާޅުވީ ބޮޓޮކްސް އިންޖެކްޝަން މޫނަށް ޖެހުމުން ޑިޕްރެޝަންއިން ދުރުކޮށްދޭކަން މީގެ ކުރިން ވެސް އެނގޭ ކަމަށެވެ.

"ރޫ ޖެހިފައިވާ ނިއްކުރީގެ ހިސާބުތަކަށް ބޮޓޮކްސް ޖެހުމުން ހިތްދަތިކަންކަމާ ގުޅޭ ވިސްނުންތަކެއް ދުރުކޮށްދޭ ކަމަށް އޮތީ ބެލެވިފައި. ނަމަވެސް މިހާރު އެނގިއްޖެ މިއީ އަދި އެއަށްވުރެ މާ "ކޮމްޕްލެކްސް" ކަމެއްކަމެއް. އެއީ މޫނުގެ ކޮންމެ ތަނަކަށް ޖެހިޔަސް ޑިޕްރެޝަނުން ދުރުކޮށްދޭކަން އެނގިފައިވާތީ،" ރޫބެން ވިދާޅުވި އެވެ.

މުޅި ދުނިޔޭގައި ވެސް ޑިޕްރެޝަން ތަހައްމަލުކުރަމުންދާ 264 މިލިއަން މީހުން ދިރިއުޅެ އެވެ. ނަމަވެސް އޭގެ ތެރެއިން ތިން ބައިކުޅަ އެއްބައިމީހުން، އާންމުކޮށް ޑިޕްރެޝަނަށް ކުރާ ފަރުވާތަކަށް ނުގުޑަ އެވެ.

އެހެންކަމުން ޑިޕްރެޝަނަށް ފަރުވާ ކުރަން އިތުރު އެހެން ބޭސްތައް ސައިންސްވެރިން ދަނީ ތަހުލީލް ކުރަމުންނެވެ.--ސީއެންއެން--