30 Jul 2020, 21:19
ހއ ކެލާއިން އިތުރު ނުވަ މީހަކު ކޮވިޑް ރޯގާ އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކެލާއިން ކޮވިޑް ޕޮޒިޓިވް މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެރަށާ މޭލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރި އެކެވެ.
ކެލާ ކައުންސިލުގެ ނައިބު ރައީސް އައިމިނަތު އިސްމާއީލް 'ސަން' އަށް ވިދާޅުވީ މާލެ ކުރި ބޯޓުގައި ދަތުރުކުރި އެންމެންގެ ސާމްޕަލް ނަގައި ޓެސްޓް ކުރި އިރު އެ ބޯޓުގައި މަސައްކަތް ކުރާ އަށް މީހަކާއި އެ ބޯޓުގައި ދަތުރު ކުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޕޮޒިޓިވްވެފައި ވަނީ ހއ ކެލާގެ ސަވާރީ ބޯޓުގައި މަސައްކަތް ކުރާ މީހުންނެވެ. މިހާރު ކެލާ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
މިއަދު އެކަނި ރާއްޖެއިން ވަނީ 152 މީހަކު ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 142 މީހުންނާއި އަތޮޅުތަކުން 10 މީހުންނެވެ. މިހާރު ޕޮޒިޓިވްވީ މީހުންގ ޖުމްލަ އަދަދު ވަނީ 3719 އަށް އަރާފަ އެވެ.