08 Jan 2012, 13:10
ކޮމަންވެލްތް ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރެސައިޑިންގް އޮފިސަސްގެ 21 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޓްރިނިޑޭޑް އެންޑް ޓޮބޭގޯއަށް ވަޑައިގެންފި އެވެ.
ޝާހިދުގެ ދަތުރުފުޅު ފެއްޓެވީ ހުކުރު ދުވަހު އެވެ.
ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ވެރިރަށް ޕޯޓް އޮފް ސްޕެއިންގައި ކުރިޔަށްދާ ކޮމަންވެލްތްގެ ޤާނޫނު އަދާ މަޖިލީސްތަކުގެ ރައީސުންގެ މެދު ބާއްވާ ބައްދަލުވުން މިމަހުގެ 12 އަށް ކުރިޔަށްދާނެ އެވެ. މިބައްދަލުވުމުގެ ފުރަތަމަ ސެޝަން "ދަ ރޯލް އޮފް ޕާލިމެންޓަރީ ޑިޕްލޮމެސީ އިން ދަ އީރާ އޮފް ގްލޯބަލައިޒޭޝަން" ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ.
މި ދަތުރުފުޅުގައި ޝާހިދު އަރިހުގައި އަމީން ޢާންމު އަޙްމަދު މުޙައްމަދާއި ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު ސާދާ މުޙައްމަދު ބައިވެރިވަޑައިގެންނެވި އެވެ.