30 Jul 2020, 14:12
އީދު ކެއުމަކީ ކޮންމެ ގެއެއްގައިވެސް ނިކަން ހާއްސަ ކެއުމެކެވެ. އެއީ ހެނދުނު ސަޔަށް ފިހާ ބޯކިބާތައް ކަމުގައިވިޔަސް، މެންދުރަށް ކައްކާ ކުކުޅު ރިހައާއި ބިރިޔާނީ ކަމުގައިވިޔަސް މެއެވެ.
"ސަން" އިން މި ދޫކޮށްލަނީ އަނެއްކާވެސް ވަރަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތެވެ. މިފަހަރުގެ އިނާމް ސްޕޮންސާ ކޮށްދީފައިވަނީ "ދަ ސްޕޭސް" ރެސްޓޯރެންޓް އިންނެވެ.
މި އިނާމު ހޯދުމަށްޓަކައި ކުރަންޖެހެނީ ވަރަށް ކުޑަ މަސައްކަތެކެވެ. އެމީހެއްގެ އީދު ކެއުން ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑީއާގައި ޕޯސްޓްކޮށްލަންވީ އެވެ. ނަމަވެސް "އީދު ކެއްކުން" މި ހޭޝްޓެގް ބޭނުންކުރުމާއި އެކު ސަން ޓެގް ކުރަން ހަނދާން ބަހައްޓަންވާނެ އެވެ.
ގުރުއަތުން ހޮވޭ ފަރާތަކަށް ސްޕޭސް ރެސްޓޯރެންޓްގެ ފަރާތުން ދެ މީހެއްގެ ކެއުމެއް ލިބޭނެ އެވެ. ފޮޓޯތައް ބަލައިގަންނާނީ އީދު ދުވަހުގެ މެންދަމު 12:00އާ ހަމައަށެވެ.