30 Jul 2020, 08:50
ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "ދޯ ވިލަން" ގެ ލީޑު އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު އެ ފިލްމު ދޫކޮށްލުމުން އެ ރޯލަށް އަރްޖުން ކަޕޫރު ހަމަޖެއްސިކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
ރިޕަބްލިކް ވޯލްޑުން ބުނާގޮތުގައި ޑައިރެކްޓަރު މޯހިތުގެ ފުރަތަމަ ޗޮއިސް އަކީ އަރްޖުން ކަމަށާއި ނަމަވެސް އެ ފިލްމު ކުޅެވޭގޮތް ވަނީ ނުވެފައެވެ. ދޯ ވިލަން އިން އަރުޖުން ފެންނާނެކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފައިވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
ހަތަރު ލީޑު ތަރިން ފެނިގެންދާ އެ ފިލްމުގެ ލީޑު ތަރިންނަކީ ދިޝާ ޕާޓްނީ، ތާރާ ސުތައިރާ އަދި ޖޯން އަބްރަހަމް އެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ މި ފިލްމު ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ.