29 Jul 2020, 00:35
ކޮރޯނާއިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފަިއވާ ގައިޑްލައިންތަކަށް އަމަލުނުކުރާ ކެފޭ، ޖިމް ފަދަ ތަންތަން ބަންދުކުރާނެކަމަށް އެ އޭޖެންސީއިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ގައިޑްލައިންތަކާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބަލަން މާދަމާ ހެލްތު އިންސްޕެކްޝަން ހަރަކާތެއް ފަށާނެ ކަމަށެެވެ.
މީގެ ކުރިން މާލޭ ސިޓީ ކައުންސިލްއާއި އެޗްޕީއޭ އަދި އެހެނިހެން އިދާރާތައް ގުޅިގެން އާންމު ހިދުމަތްދޭ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް ގެންދިޔަ އިންސްޕެކްޝަންގައި 1475 ތަނެއް ބެލިއެވެ. އޭގެ ތެރެއިން 68 ޕަސެންޓް ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް ފެތޭކަމަށް މާލޭ ސިޓީ ކައުންސިލްއިން މިމަހުގެ މެދެއްހާ ހިސާބުގައި ބުނެފައިވެއެވެ.
ހެލްތު އިންސްޕެކްޝަންގެ ހަރަކާތެއް އަނެއްކާވެސް ފަށަން ނިންމިއިރު މިއަދު އެކަނިވެސް ކޮވިޑަށް 137 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 92 ދިވެހީން ހިމެނެއެވެ.