ރާއްޖެއިން މިއަދު އިތުރު 137 މީހަކު ކޮވިޑަށް ޕޮޒިޓިވްޖެއެވެ.

މިއަދު ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހީންނާއި 31 ބަންގަލަދޭޝް މީހުންގެ އިތުރުން 9 އިންޑީއާގެ ރައްޔިތުންނާއި ހަތަރު ސްރީލަންކާ މީހުން އަދި ފިލިޕީންސްގެ އެކެކެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ފަހުން މިއަދު މިއީ އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދު 137 މީހުން ޕޮޒިޓިވްވެފައި ވަނީ އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ނަގާފައިވާ 1443 ސާމްޕަލް އިންނެވެ. އޭގެ ތެރޭގައި ރިޕީޓެޓް ސާމްޕަލް ހިމެނޭ ކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުން އެނގެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 3506 އަށް އަރައިފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2547 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ.

މިހާތަނަށް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 15 އެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓުކުރުމަށް މިހާތަނަށް 75550 ސާމްޕަލް ވަނީ ނަގައިފައެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 929 މީހަކު ތިބިއިރު، އައިސޮލޭޝަންގައި 580 މީހަކު އެބަތިއްބެވެ.