ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ އެކްޓަރު ޕާރްތު ސަމްތާން (އަނޫރާގް ބާސޫ) ކޮވިޑަށް ނެގަޓިވްވެއްޖެ އެވެ.

މި މަހު 12 ވަނަ ދުވަހު އަނޫރާގް ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާ ވަނީ ކަސޯޓީގެ ޝޫޓިންވެސް ފަށާފަ އެވެ. ނަމަވެސް އޭނާ ޕޮޒިޓިވްވުމާއެކު ޝޫޓިން ވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.

އަނޫރާގު ކުރި ޓްވީޓެއްގައި ބުނީ 17 ދުވަސް ވަންދެން ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ހޯމަ ދުވަހުގެ ރޭ އޭނާއަށް ޕެނިކް އެޓޭކެއް އައި ކަމަށެވެ. އަދި ފަހުން ކޮވިޑަށް ޓެސްޓްކުރުމުން ނަތީޖާ ނެގަޓިވްވުމާ އެކު އާއިލާ ކައިރިއަށް ޕޫނޭއަށް ދިޔުމަށް މިސްރާބުޖަހާފައިވާކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އަނޫރާގް ކޮވިޑަށް ޕޮޒިޓިވްވުމާއެކު ކަސޯޓީގެ ތަރިން ވެސް ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. ނަމަވެސް އެއްވެސް ތަރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައެއްނުވެ އެވެ.