11:45


ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އެއްގަޑިއިރުގެ ތެރޭގައި ޖިނާއީ ކޯޓަށް ހާޒިރުކޮށްދިނުމަށް އިއްޔެ ރޭ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރަކީ ސައްހަ އަމުރެއް ހައިކޯޓުން ހުކުމްކޮށްފި އެވެ.


ހައިކޯޓުގެ މިގޮތަށް ހުކުމްކޮށްފައި މިވަނީ ޖިނާއީ ކޯޓުން ކޮށްފައިވާ އަމުރަކީ ސައްހަ ނޫން އަމުރެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން އެމައްސަލަ އިސްތިޢުނާފް ކުރުމާ ގުޅިގެންނެވެ.