28 Jul 2020, 14:17
ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
މި މަޝްރޫޢުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިމްބޯ ބޭގް އަތުރައި، 5،000 އަކަ މީޓަރުގެ ސަރަހައްދެއް ގެ ބިންގަނޑު އެއްވަރުކޮށްފައިވެ އެވެ.
މި މަޝްރޫޢުއަކީ ނ. ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުން ކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަަރުގެ މާޗް ހަތްވަނަ ދުވަހު އެވެ. އަދި މި މަޝްރޫއަށް 6.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.