ފުލުހުންގެ ބެލުމުގެދަށުގައި ހުރި ހައިސެންސް ބްރޭންޑްގެ ޓީވީއެއްގެ ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ މި ޓީވީއަކީ މިމަހުގެ 26 ވަނަ ދުވަހުގެ 16:50 ހާއިރު މ. ކުނޫޒް ކައިރިން ދެ މީހަކު ޓީވީއެއް ހިފައިގެން ދަނިކޮށް، އެދެމީހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރުމުން ޓީވީގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޓީވީއެއް ކަމަށެވެ.

މި ޓީވީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461299 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ޓީވީއާ ހަވާލުވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.