07 Jan 2012, 20:40
މާދަމާ ތައުލީމީ އާހަރު ފަށާއިރު ދަރިވަރުންނަށް ބޭނުންވާ ސްޕޯޓްސް ޔުނިފޯމް ގަންނަން އީވް ސޭލް އަށް ދިޔަ ބައެއް މީހުން ޔުނިފޯމް ނުލިބިގެން ޝަކުވާތައްކޮށް ބައެއް މީހުން ހަމަނުޖެހުން ހިންގަން އުޅެފި އެވެ.
އީވް ކައިރިއަށް އެއްވި ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި ހިމެނޭ ބެލެނިވެރިޔަކު ބުނީ ވަރަށް ގިނަ ބަޔަކަށް ކުޅިވަރު ޔުނިފޯމް ލިބޭގޮތް ނުވި ކަމަށާއި އެހެންވެ ޝަކުވާ ކުރުމުގެ އިތުރުން ބައެއް މީހުން ޒުވާބު ކޮށް ގަޔަށް ވެސް އަތްލާފައި ވާ ކަމަށެވެ.
"ބައެއް މީހުން ވަނީ ކޮއްޕާ ގަޅުވާ އަދި ޒުވާބު ކުރުމުގެ އިތުރުން އީވްގެ މުވައްޒަފުންނާވެސް ކުރިމަތިލާން އުޅެފައި،" އެއްވި މީހުންގެ ތެރޭގައި ހުރި މީހަކު ބުންޏެވެ. "ކޮންމެ ދުވަހަކު ވެސް ބެލެނިވެރިންދޭ. އެކަމަކު މިހާތަނަށް ވެސް ލިބޭ ގޮތް ނުވާތީ މީހުންތައް ހިތްހަމަ ނުޖެހުނީ،"