މިއަދު ކޮވިޑް ރޯގާއަށް ރާއްޖެއިން 67 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ޕޮޒިޓިވްވީ 67 މީހުންނާއެކު މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3369 އަކަށް އަރާފަ އެވެ. މިއަދު ކޮވިޑުން ރަނގަޅުވެފައި ވަނީ 13 މީހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހީންނެވެ. 43 ދިވެހީން މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ދެން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާގެ ހަ މީހުން، އިންޑޮނެޝިއާގެ ތިން މީހުން އަދި އެމެރިކާގެ މީހެކެވެ.

ބެލެވޭ ގޮތުން މިއަދު ޕޮޒިޓިވްވި އެމެރިކާގެ ރައްޔިތަކީ ރާއްޖެ އައި ޓުއަރިސްޓެކެވެ.