ސައްހަ ޕާސްޕޯޓަށް ބަދަލު ގެނެސްގެން ނުވަތަ ފޯޖުކޮށްގެން ރާއްޖެ ވަންނަން އުޅުނު ބިދޭސީއަކު ހުއްޓުވާފައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން މިރޭ ބުނެފައިވަނީ ޕާސްޕޯޓަށް ބަދަލު ގެނެސްގެން ރާއްޖެއަށް ވަންނަން އުޅެނިކޮށް ހުއްޓާފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިކްރޭޝަނުން ނުބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ތިން މަހަށް ފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނި މި މަހުގެ 15ގައެވެ.

އެއާއެކު ރާއްޖެއަށް ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ. ބޯޑަރު ހުޅުވާލިތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެއަށް 904 ފަތުރުވެރިން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ކުރީން ބުނެފައެވެ.

ރާއްޖެއަށް 904 ފަތުރުވެރިން އައިސްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.