ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ދިރާގުން އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގު މޯބައިލް ބޫސްޓަރުތަކުން 55 ޕަސެންޓު އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ޖުލައި 26އާއި އޮގަސްޓް ތިންވަނަ ދުވަހާ ދެމެދު ދިރާގު ޕްރީޕެއިޑް މިނީ ބޫސްޓަރ އަދި ޕޯސްޓްޕެއިޑް ބޫސްޓަރތައް އެކްޓިވޭޓް ކުރުމުން 55 ޕަސެންޓު އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ އެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރަމުން އައި ބައެއް ނަމަވެސް މި އަހަރު ކޮވިޑް19ގެ ސަބަބުން މިނިވަން ދުވަހުގެ ކުޅިވަރުތަކާއި ހަފުލާތައް ނުބާއްވަން ވަނީ ހަމަޖައްސާފަ އެވެ.

ދިރާގުން ބުނި މި އިތުރު ޑޭޓާގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްޓެހިންނާއި އާއިލާއަށް ފޮނުވާ، މި ޗުއްޓީ ތެރޭގައި މުނިފޫހި ފިލުވުމުގެ ކަންތައްތައް ޑިޖިޓަލްކޮށް ކުރުމަށް ލިބޭނެ އިތުރު ހިއްވަރަކާއި ލުއި ފަސޭހައަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.