މިއަދަކީ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަންދުވަހެވެ. މިނިވަންކަމުގެ މި ދިގު ތާރީހުގެ ތެރެއިން މިއަދަކީ ހަމަ ޔަގީނުންވެސް ތަފާތު ދުވަހެކެވެ. ރަސްމީ ހަފްލާތަކާއި، ކުލަ ގަދަ ހަރަކާތްތަކާއި، ހެވިކަމާއި ކުޅިވަރު މި އަހަރަކު ނެތެވެ. ފުރިހަމަ މިނިވަންކަމާއިއެކު ވެސް މިއަދު އެދެވިގެންވަނީ އަހަރެމެން އަމިއްލަ ގެތަކުގައި ތިބުމެވެ.

މިނިވަންކަމުގެ މި މުނާސަބާގައި ހިއްސާމިކޮށްލަނީ މި ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވުނު ތަފާތު އެކި ހަރަކާތްތަކުގެ ކޮންމެވެސް ވަރެއްގެ އުސްއަލިތަކެކެވެ.

1965 ޖުލައި 26

1965 ޖުލައި 26 : ބޮޑުވަޒީރު އިބްރާހިމް ނާސިރު ކޮޅުނބުގެ އިނގިރޭސި ހައިކޮމިޝަންގައި

1887 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު އެ އެއްބަސްވުން އުވާލާއި އާ މުވާހަދާއެއްހެއްގައި ސޮއިކުރި އެވެ. އެ މުއާހަދާއާ އެކު ހާރިޖީގޮތުންނާއި ސިޔާސީގޮތުން ފުރިހަމަ މިނިވަން ގައުމަކަށް ރާއްޖެ ވެގެންދިޔަ އެވެ. މި އެއްބަސްވުމުގައި ސޮއެކުރީ ޖުލައި 26، 1965 ގައި ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގަ އެވެ. ސޮއެކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ.

1969 ޖުލައި 26

1969 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

ފެނިގެންދަނީ 1969 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ މުނާސަބަތުތަކުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް އިއްޒަތްތެރީންނެވެ. އޭރުގެ ރައީސްއަކީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު އެވެ. މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކެއް ކުލަގަދަކޮށް އޭރުވެސް ބާއްވަމުން އައެވެ.

1969 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

1969 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

1970 ޖުލައި 26

1970 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

މިނިވަންކަމަށް 5 އަހަރު ފުރުނު އުފާވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މާލޭ ރަސްމީ ބޯޅަދަނޑުގައި ސްކޫލް ދަރިވަރުންގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ. އެގޮތުން މި ފޮޓޯގައި ފެނިގެންދަނީ އަމީނިއްޔާ ސްކޫލް ދަރިވަރުންގެ ނެށުމެކެވެ.

1979 ޖުލައި 26

1979 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

މިއީ 1979 ވަނަ އަހަރުގެ މިނިވަންދުވަހުގެ ހާޢްސަ ހަރަކާތެކެވެ. ފެނިގެންދަނީ އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް ދަރިވަރުންތަކެއް އެއްވެ ރާއްޖެ އިސްލާމްވުމާއި ބެހޭގޮތުން ތަމްސީލެއް ހުށަހަޅާ މަންޒަރެވެ. މިއަހަރު ރާއްޖޭގައި ވެރިކަން ކުރައްވަމުން ދިޔައީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމެވެ.

1980 ޖުލައި 26

1980 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

މިއީ ރާއްޖޭގެ 16 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން 1980 ގައި ވިޔަފާތަވެރިން ތައްޔާރުކޮށްފައިވާ ގިޑިގެއެކެވެ.

1980 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

1982 ޖުލައި 26

1982 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

1982 ވަނަ އަހަރުގެ މި ފޮޓޯއިން ފެނިގެންދަނީ ޕެރޭޑެކެވެ. އެހެންކަމުން މިފަހަކާ ޖެހެންދެންވެސް މިއީ މެދުކެނޑުމެއް ނެތި އަހަރެމެންގެ މެދުގައި އޮތް ހަރަކާތެކެވެ. މަގުގެ އެއްފަރާތުގައި ޕެރޭޑު ބަލާލުމަށް އެކި އުމުރުފުރާތަކުގެ މީހުން އެއްވެ ތިބިއެވެ.

1982 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

މި ފެނިގެންދަނީ 1982 ވަނަ އަހަރުގެ މިނިވަންދުވހުގެ މުުނާސަބަތުތަކުގެ ތެރެއިން މަޖީދިއްޔާ ސްކޫލް ދަރިވަރުންކޮޅެކެވެ.

1992 ޖުލައި 26

1992 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

ފެނިގެންދަނީ 1992ގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވިގެންދިޔަ ރަސްމީ ރިސެޕްޝަންއެވެ. ރާއްޛޭގެ އެންމެ އިސްވެރިންނާއި، ބޭރު އެކި ގައުމުތަކުގެ އިސް އޮފިޝަލުން ފެނިގެންދެއެވެ.

1992 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

1992 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

މި ފެނިގެންދަނީ ހަމަ 1992ގައި ރަސްމީ ދަނޑުގައި ކުރިއަށްދިޔަ ބައެއް ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެކެވެ.

1995 ޖުލައި 26

1995 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

މިއީ 1995ގެ މިނިވަންދުވަހުގެ ރަސްމީ އިހްތިފާލުތަކުގެ ބައެއް މަންޒަރާއި އެ އަހަރު ފެނިގެންދިޔަ ފުޅަނދުބުރެކެވެ.

1995 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

އޭރުގެ ފުޅަނދުބުރުތަކުގައި ދިވެހިވަންތަ ސަގާފީ ގިނަ ކުލަތަކެއް ފެނިގެންދެއެވެ.

1996 ޖުލައި 26

1996 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

1996 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

1996 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ގައުމީ އަރުޝީފު

މި އަހަރުތަކުގައިވެސް ކުލަގަކޮށް މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު އަދި ފުޅަނދުބުރުތައް ކުރިއަށް ގެންދިޔައެވެ. އޭރު ހަރަކާތްތައް ބޭއްވުނީ ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.

2009 ޖުލައި 26

2009 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

2009 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ފޮޓޯއިން ފެންނަނީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ މަލްޓިޕާޓީ އަދި ޑިމޮކްރަޓިކް އިންތިޚާބަށްފަހު ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސް މުހައްމަދު ނަޝީދުގެ ދެކަނބަލުންނާއި ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކްގެ ދެކަނބަލުން މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރެވެ.

2012 ޖުލައި 26

2012 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

2014 ޖުލައި 26

2014 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

މިނިވަންދުވަހުގެ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވަނީއެވެ،

2015 ޖުލައި 26 (މިނިވަން 50)

ޖުލައި 26، 2015: މިނިވަން 50ގެ ރަންޔޫބިލް ފާހަގަކުރުމުގެ ދަރުބާރުގެ ތެރެއިން --- ރައީސް އޮފީސް

ޖުލައި 27، 2015: ސަލްޓަން ޕާކުގައި "ހުޅުދާން ބަގީޗާ" ގެ ނަމުގައި ހެދި ލެޑް ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

މިރޭ ބޭއްވި ފުޅަނދުބުރުތަކުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު

ވައިކުޑައިގައި ރޭ މީހަކު ރަސްމީ ފުޓުބޯޅަ ދަނޑަށް ފުންމާލަނީ ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތައް-- ސަން ފޮޓޯ/ އަލީ ނަސީރު

2015 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

މިނިވަންކަމަށް 50 އަހަރުފުރުނު މުނާސަބާގައި ދިގު މުއްދަތަކަށް ތަފާތު އެކި ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ރަސްމީ ހަފްލާއާއި ޖާފަތުގެ އިތުރުން، ހެވިކަމާއި ކުޅިވަރުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ވާދައިގެ މުބާރާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

2019 ޖުލައި 26

ރާއްޖެގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖުލައި 27، 2019: މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ފުޅަދުބުރުގެ ތެރެއިން: މި ފުޅަދުތައް ބަލާލުމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި. އާންމުންގެ ބޮޑު ތަރުހީބެއް ފުޅަދުތަކަށް ލިބުނު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

28 ޖުލައި 2018: ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި މިނިވަން ދުވަހުގެ ހެވިކަމާ ކުޅިވަރުތަކުގެ ތެރެއިން----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިވަންކަމުގައި އަޅުގަނޑުމެން ހޭދަކުރި މި ދިގު މުއްދަތުގެ ތެރެއިން މިއީ ކުޑަ ކުޑަ މިންވަރެކެވެ. މި އުފާވެރި ކުލަގަދަ ހަރަކާތްތައް މިފަހަރު ނެތްނަމަވެސް މިނިވަން ގައުމަކަށް ވުމުގެ މި މަތިވެރި ނަސީބަށް ޝުކުރުވެރިވެ އެގޮތުގައި ދެމިއޮތުމަށް ހިންމާތާއެކު މަސައްކަތްކުރުންމަތީ ދެމިތިބެމާ ހިނގާށެވެ.