އޭކް ދަ ޓައިގާ އާއި ޓައިގާ ޒިންދާ ހޭ ގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ސަލްމާން ޚާން އެ ފިލްމުގެ ތިންވަނަ އިންސްޓޯލްމަންޓާއެކު، އެކުގައި ސްކްރީނަށް އަންނަން އުޅޭކަމަށް ޚަބަރުތައް ބުނަން ފަށައިފި އެވެ.

މި ފިލްމުގެ ތިންވަނަ ބައި ގެނެސްދޭނެ ކަމަށް ޓައިގާ ޒިންދާ ހޭ ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ މީގެ ކުރިން ބުނެފަ އެވެ. މި ފަހަރު ޓައިގާގެ ތިން ވަނަ ބައި ގެނެސްދޭނީ ވައިއާރްއެފްގެ ދަށުންނެވެ. އަދި މި ފިލްމު ޑައިރެކްޓްކުރާނީ މަނީޝް ޝަރްމާ އެވެ. މި ފިލްމު ކުޅުމަށް ސަލްމާން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ. މި ފިލްމުގެ ތިން ވަނަ ބަޔަށް ކިޔާ ނަމް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ފިލްމު ރިލީޒްކުރާނީ 2022 ގައި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.