މިއަދު 77 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ހާމަ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހީންނެވެ. އެގޮތުން 51 ދިވެއްސަކު މިއަދު ވައިރަަހަށް ޕޮޒިޓިވްވެފައިވެއެވެ.

މިއަދު ވައިރަހަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ 20 ބަންގްލަދޭޝް މީހަކާއި، އިންޑިއާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3252އަށް އަރައިފައެވެ. މިހާތަނަށް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 15 އެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 36 އެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2534 އެވެ.

މިއަދު 77 ކޭސް ރާއްޖެއިން ފެނުނު އިރު އިއްޔެ ފެނުނީ 55 ކޭސް އެވެ. އޭގެ ތެރެއިންވެސް ގިނައީ ދިވެހީންނެވެ.