ޖަރުމަނުގައި ނަޒީން ވެރިކަން ކުރި ދުވަސްވަރު ހިންގި ކޮންސެންޓްރޭޝަން ކޭމްޕެއްގައި ގާޑަކަށް އުޅުނު މީހަކަށް ދެ އަހަރުގެ ޖަލުގެ ހުކުމެއް އިއްވައިފިއެވެ.

ބްރޫނޯ ޑީ ކިޔާ އެ މީހައަށް ކުރި 5,230 ދައުވާގައި މީހުން މެރުމުގައި ޝާމިލްވާ ކަމަށް ވަނީ ބުނެފައެވެެ. އޭނާ ގާޑަކަށް އުޅެފައިވަނީ 1944 އިން 1945 އަށެެވެ.

ޔަހޫދީންއާ ދެކޮޅަށް ހިންގި ހޮލޯކާސްޓްގައި ހަ މިލިއަނެއްހާ މީހުން ވަނީ މަރާލައިފައެވެެ. އަދި ގާޑް މަސައްކަތް ކުރި ސްޓަޓްހޯފް ކޮންސެންޓްރޭޝަން ކޭމްޕްގައި އެކަނިވެސް 65،000 މީހުން މަރާލައިފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

ހުކުމް އިއްވިއިރު ބްރޫނޯއަށް 93 އަހަރު ވަނީ ވެފައެވެ. ނަމަވެސް އޭނާގެ ހުކުމް ތަންފީޒް ނުކުރަން ވަނީ ނިންމައިފައެވެ.

ބްރޫނޯ ކޮންސެންޓްރޭޝަން ކޭމްޕްގެ ގާޑެއްގައި ގޮތުގައި މަސައްކަތް ކޮށްފައިވަނީ އުމުރުން 17 އަހަރުގައެވެ. އެހެންކަމުން އޭނާގެ މައްސަލަ ބަލާފައިވަނީ ޖުވެނައިލް ކޯޓެއްގައެވެ.

ބްރޯނާއާ ދެކޮޅަށް އިސްރާއިލް، ފްރާންސް، ޕޮލެންޑް އަދި އެމެރިކާއަށް ނިސްބަތްވާ 40 މީހަކު ހެކިބަސްދީފައިވެއެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބެލި ނާޒީންގެ އެންމެ ފަހު މައްސަލައެވެ.

ބްރޯނާ ކޯޓުގައި ވަނީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް އެއްބަސްވެފައެވެ. އަދި އެކަމުގައި އޭނާއަށް އެދުވަސްވަރު އިހްތިޔާރެއް ނެތް ކަމަށްވެސް ކޯޓުގައި ބުންޏެވެ.

ބްރޫނާގެ މައްސަލަ ސަމާލުކަަމަށް އައީ އެހެން ކޮންސެންޓްރޭޝަން ކޭމްޕެއް ކަމަށްވާ ސޮބީބޯރު ކޭމްޕްގައި އުޅުނު ގާޑެއް ކަމަށްވާ ޖޯން ޖޯން ޑެމްޖަންޖުކްގެ ޝަރީއަތުގެ ތެރެއިންއެވެ. ޖޯން ބުނީ، ކޮންސެންޓްރޭޝަން ކޭމްޕްގައި މީހުން މެރުމަށް ބްރޫނޯ ހިތްވަރުދިން ކަމަށެެވެ.

--ސީއެންއެން--