06 Jan 2012, 14:51
ހދ. ހަނިމާދުއަށް ދާން މިއަދު މެންދުރު ފުރި މޯލްޑިވިއަންގެ ޑޯނިއާ ފުލައިޓްގެ ލޭޑިން ގިއަރަށް މައްސަލައެއް ދިމާވެ އެމަޖަންސީގައި ބޯޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭންޑްކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ދެންމެ ވިދާޅުވީ އެމެޖެންސީކޮށް ބޯޓު އެއާޕޯޓްގައި ޖެއްސީ ހުޅުލެއިން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް ލޭންޑިން ގިއަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ އެމެޖެންސީގައި ލޭންޑްކުރި ފަހުން ބޯޓު އެހެން ދިމާލަކަށް ނުގެންދެވުމުން ރަންވޭމަތިން ނެގީ ބޯޓު ޓޯކޮށްގެން ކަމަށެވެ.
"ނައްޓާލިތާ އިރުކޮޅަކުން ޕައިލެޓުންނަށް ނޯޓިސްވީ. ނޯޓިސްވެގެން އެމަޖަންސީކޮށް ޖެއްސީ. އެގޮތަށް މައްސަލައެއް އުޅެންޏާ އަޅުގަނޑުމެން ބޯޓު ޖައްސަން،" އޮފިޝަލް ވިދާޅުވި އެވެ.
ފްލައިޓުން ދަތުރުކުރި މީހަކަށް އަނިޔާއެއް ނުވާކަމައްވެސް އޭނާ ވިދާޅުވި އެވެ.
"އެންމެންވެސް ތިބީ މިހާރު އެއާޕޯޓްގައި. މިއުޅެނީ އެހެން ފްލައިޓެއްގައި އެ ދަތުރު ރިޝެޑިއުލް ކުރަން،" އޮފިޝަން ވިދާޅުވި އެވެ.
ޑޯނިއާ ފްލައިޓަކީ 19 މީހުންގެ ޖާގައިގެ ފުލައިޓެކެވެ. އެ ފްލައިޓުން ދަތުރުކުރީ 12 މީހުންނެވެ.