22 Jul 2020, 08:21
އެމެރިކާއިން ޗައިނާގެ 11 ކުންފުންޏެއް ބްލެކް ލިސްޓްކޮށްފި އެވެ.
އެ ހުރިހާ ކުންފުންޏެއް ވެސް ބްލެކް ލިސްޓްކޮށްފައި ވަނީ ޗައިނާގެ މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ޒިންގްޖޭންޖް ސަރަހައްދުގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގުމައި ޝާމިލްވާތީ ކަމަށް ބުނެ އެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުން ލައްވައި ގަދަކަމުން އެ ކުންފުނިން މަސައްކަތް ކުރުމާއި އެކި ކަހަލަ ޖެނެޓިކް ކަންތައްތައް ވެސް ބަލަމުންދާ ކަމަށް ބުނެ އެވެ.
ބްލެކް ލިސްޓު ކުރުމުން އެ ކުންފުނިތަކަށް އެމެރިކާގެ ޓެކްނޮލޮޖީއާއި އެހެނިހެންތަކެތި ދެން ނުގަނެވޭނެ އެވެ.
ބްލެކް ލިސްޓްކުރި ކުންފުނިތަކުގެ ތެރޭގައި ބަޔޯޓެކް ކުންފުނިތަކާއި ވިގް އުފައްދާ ކުންފުނިތައް ހިމެނެ އެވެ.
ޒިންގްޖޭންޖްގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ ކަމަށްބުނެ މިދިޔަ އޮކްޓޫބަރު މަހު ވެސް ޗައިނާގެ 28 ކުންފުންޏެއް ވަނީ ބްލެކް ލިސްޓްކޮށްފަ އެވެ.
ޗައިނާ އާއި އެމެރިކާއާ ވިޔަފާރީގެ ގުޅުންތައް ގޯސްވެފައި އޮންނަތާ މިހާރު އެތައް މަސްތަކެއް ވަނީ ވެފަ އެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ވިލްބާ ރޮސް ވިދާޅުވީ އެމެރިކާގެ ފިޔަވަޅުތަކާއެކު ޗައިނާއިން މުސްލިމުންނާމެދު ދެކޮޅަށް ހިންގަމުންދާ އަމަލުތަކަށް ހުރަސް އެޅޭނެ ކަމަށެވެ.
ޗައިނާގެ ޒިންގްޖޭންގް ސްޓޭޓަކީ އެގައުމުގެ އެހެން ސްޓޭޓްތަކާ ހިލާފަށް ތުރުކީ ނަސްލުގެ މުސްލިމުން ދަރިކޮޅު ގިނަ އަދަދަށް ދިރުއުޅޭ ސަރަހައްދެކެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި 2015 އިން ފެށިގެން ޗައިނާއިން ދަނީ ހައްދު ފަހަނައަޅާފައިކަމަށް ބުނެ އެތައް ހާސް މުސްލިމުންނެއް ކޭމްޕްތަކުގައި ގެންގުޅެމުންނެވެ.-- ސީއެންއެން