21 Jul 2020, 22:07
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 3000 އިން މައްޗަށް ހިނގައްޖެއެވެ.
އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް 45 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 3،044 އަށް އަރައިފައެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ޕޮޒިޓިވްވި 45 ކޭހުގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހުންގެ އިތުރުން އިންޑިއާގެ ދެމީހުންނެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ 28 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޮވިޑަށް ފަރުވާދޭ މީހުންގެ ޖުމްލަ އަކީ 617 އެވެ. މީގެ ތެރެއިން 472 މީހަކަށް ފަރުވާދެމުންދަނި އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެތެ. އެގައުމުގެ 1383 މީހުން ޕޮޒިޓިވް ވެފައިވާއިރު 1313 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން 251 އިންޑިއާ މީހަކުވެސް ރާއްޖެއިން ބައްޔަށް ޕޮޒިޓވް ވެފައިވެއެވެ.
ރާއްޖެިއން ކޮވިޑް19 ޖެހިގެން މިހާތަނަށް 15 މީހަކު ވަނީ މަރުވެފައެވެ.