22 Jul 2020, 08:17
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖު ބަނޑުބޮޑުކަން ހާމަކޮށްފިއެވެ.
ރެޕް ލަވަކިޔުންތެރިޔާ ނިކީ ބަނޑުބޮޑުވި ވާހަކަ މިދޭތެރެއިން ވަރަށް ބާރަށް ދެކެވުނެވެ. ނަމަވެސް އެދުވަސްވަރު އެކަން ނިކީ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އިންސްޓަގްރާމްގައި ނިކީ ހިއްސާކުރި ފޮޓޯތަކުގައި އޭނާ ބަނޑުބޮޑުކަން ޔަގީންވެފައިވާއިރު އެ ފޮޓޯތައް ހިއްސާކުރަމުން އޭނާ ބުނީ ބަނޑުބޮޑުކަމަށެވެ. އަދި ހުރިހާ ސަޕޯޓަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ. މިއީ ނިކީގެ އަލަތު ދަރިފުޅެވެ.
މިދިޔަ އަހަރު ރެޕާ ނިކީ ވަނީ އޭނާގެ ލޯބިވެރިޔާ ކެނެތު ޕެރީއާ ކައިވެނިކޮށްފައެވެ. ނިކީ އާއި ކެނެތު ޓީނޭޖު އުމުރުފުރައިގައި ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އެދެމީހުން ވަނީ އޭރު ވަކިވެފައެވެ. އަނެއްކާވެސް ދެމީހުން ގުޅުނީ 2018 ވަނަ އަހަރުގައެވެ.