ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް، އަހްމަދު ސުލައިމާނު އެ ކޮމިޝަނުގެ މެންބަރު ކަމުން ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ،

އެންއައިސީއަށް މިދިޔަ ސަރުކާރުގައި އައްޔަނު ކޮށްފައިވާ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމެޓީން އެގޮތަށް ނިންމާފައި ވަނިކޮށް ސުލައިމާނު ފިޔަވައި އަނެއް ތިން މެމްބަރުން ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.

އެ ތިން މެންބަރުންނަކީ އެ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ.