05 Jan 2012, 22:08
ޗުއްޓީ ހޭދަކޮށްލުމަށް އިންޑިއާގެ ބެންގަލޫރަށް ގޮސް ހުރި ފުލުހަކު ކަރަންޓްގައި ޖެހި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 8:00 ޖަހާކަންހާއިރު މަރުވެފައިވަނީ ގދ.ތިނަދޫ ވަރަކަނދުގޭ، ލާންސްކޯޕްރަލް އަހުމަދު ޝާތިރު 26، ކަމަށެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ޝާތިރު އިންޑިއާ އަށް ގޮސްފައިވަނީ އިންޑިއާގައި ކިޔަވަން ހުރި އޭނާގެ އަންހެނުންނާ ދަރިފުޅު ގާތަށް ޗުއްޓީ ހޭދަކޮށްލުމަށެވެ.
ޝާތިރުގެ އާއިލާއާ ހަވާލާދީ ތިނަދޫ މައުލޫމާތު ދިން މީހަކު ބުނީ ޝާތިރުގެ ގައިގައި ކަރަންޓް ޖެހުނީ މަގުމަތިން ހިނގާފައިދަމުން ކަރަންޓް ފޮށްޓަކުން ނުކުމެފައިހުރި ވަޔަރުތަކެއްގައި އަތްލުމުން ކަމަށެވެ.