20 Jul 2020, 22:05
މިއަދު 721 ޓެސްޓު ކޮވިޑް-19އަށް ކުރެވުނުއިރު މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 33 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
މިއަދު ވައިރަސް އަށް ޕޮޒިޓިވްވި 33 މީހުންގެ ތެރެއިން 23 މީހުންނަކީ ދިވެހީންނެވެ. އޭގެއިތުރުން ހަ ބަންގްލަދޭޝް މީހުންނާއި ހަތަރު އިންޑިއާ މީހެއްވެސް ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭ އިން ކޮންމެ ދުވަހަކު ވެސް އާންމު ކުރަމުންދާ ތަފާސް ހިސާބްތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވަނީ، 721 ސާމްޕަލް ނަގާފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި އެ ވައިރަސް ޖެހިފައިވާ 2،999 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އަދި އެ ބައްޔަށް ފަރުވާ ހޯދަމުން 600 މީހަކު އަންނަ އިރު 15 މީހަކު ވަނީ ވައިރަސް ޖެހީގެން މަރުވެފައެވެ.
ވެރި ރަށް މާލޭގައި ކޮވިޑް ފެތުރެމުންދާއިރު އެންމެ ގިނައިން ޕޮޒިޓްވިވެފައިވަނީ ބަންގަލަދޭޝް މީހުނެވެ. ނަމަވެސް މާލޭގެ ފުރަބަންދަށް ލުއިދިން ފަހުން ބިދޭސީންނަށް ވުރެން ދިވަހިން ޕޮޒިޓިވްވާލެއް ވަނީ އިތުރުވެފަ އެވެ.