21 Jul 2020, 08:01
ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ޝާހްރުކް ޚާންގެ ޖޯޑު އަނެއްކާވެސް ބޮޑު ސްކްރީނުން ފެންނަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ.
ޔަޝް ރާޖް ފިލްމްސް އިން ގެނެސްދޭ މި ފިލްމަކީ ސިދާތް އާނަންދު ޑައިރެކްޓްކުރާ ފިލްމެއް ކަމަށް ޕިންކްވިލާއިން ބުނެއެވެ. ޕިންކްވިލާ އިން ބުނާ ގޮތުގައި އެ ފިލްމުގެ ސްކްރިޕްޓާ މެދު ދީޕިކާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިހާރު އޭނާ ހުރީ އެ ފިލްމުގެ ޝޫޓިން ފަށާ ތާރީޚަށް ތައްޔާރު ވެގެން ކަމަށެވެ.
އެ ފިލްމަށް ދެތަރިން އަދި ސޮއިކޮށްފައިނުވި ނަމަވެސް ދެތަރިން ވެސް ފިލްމުގެ ސްކްރިޕްޓާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ރިޕޯޓްތައްބުނެ އެވެ.
މި ފިލްމު ރަސްމީކޮށް އިއުލާންކުރާނީ ޔަޝްރާޖް ކުންފުނީގެ ވެރިޔާ ޔަޝް ޗޯޕްރާގެ އުފަންދުވަސް ފާހަގަކުރާ ދުވަހު އެވެ.
ދީޕިކާ އާއި ޝާހްރުކް އެންމެ ފަހުން ސްކްރީނުން އެކުގައި ފެނިގެން ދިޔައީ 2014 ވަނަ އަހަރު ގެނެސްދިން ފިލްމު "ހެޕީ ނިއު އިޔާ" އިންނެވެ.