21 Jul 2020, 07:54
އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ލަވަ "ކުލްކޭ ޖީނޭ ކާ" އަށް 24 ގަޑިއިރުތެރޭ 12 މިލިއަން ވިއުސް ލިބިއްޖެ އެވެ.
އެ ލަވައަށް 12 މިލިއަން ވިއުސް ލިބުނުއިރު 1.3 މިލިއަން ލައިކްސް ވެސް ވަނީ ލިބިފަ އެވެ. ހިތްގައިމު ލަވަތަކެއް ގެނެސްދީފައިވާ އަރިޖިތު ސިންހް އާއި ޝާޝާ ތިރުޕަޓީގެ އަޑުން ކިޔާފައިވާ އެ ލަވައަކީ އަމީތާބް ބައްޓާޗާރިޔާގެ ލިރިކްސްއެކެވެ. މި ލަވަ ކޮމްޕޯސް ކުރީ ރަހްމާން (އޭއާރް ރަހްމާން) އެވެ.
މި ލަވައާ އެކު ދިލް ބޭޗާރާ ފިލްމުގެ ތިން ލަވައެއް މިހާރު ވަނީ ދައްކާލާފައެވެ. އަދި މި ތިން ލަވައަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ލަވައިން ދައްކުވައިދެނީ ފިލްމުގެ ތަރިން ކަމަށްވާ ސުޝާންތު އާއި ސަންޖަނާ ޕެރިސްގެ މަގުމަތީގައި ހިނގާތަނާއި ރެސްޓޯރަންޓުތަކަށް ގޮސް ކާ ތަނުގެ އިތުރުން ފިހާރަތަކަށް ދާ މަންޒަރެވެ.
އެކްޓަރު ސުޝާންތު އެންމެ ފަހު ފަހަރަށް ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާ ވަނީ ޔޫޓިއުބްގައި 10 މިލިއަން ލައިކްސް ހޯދާ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ.
"ދިލް ބޭޗާރާ އަކީ ޖޯން ގްރީންގެ "ދަ ފޯލްޓް އިން އަވާ ސްޓާސް"ގެ ހިންދީ ރީމޭކެކެވެ.