މިދިއަ އަހަރު ބޭނުން ކުރި ޝިއާރު "ވަށައިޖެހޭ ތައުލީމް، އަޅުގަނޑުމެން އަމާޒް'' ދޫކޮށްލައި މި އަހަރުގެ ތައުލީމީ ޝިއާރަކީ "އަހަރެންގެ ބައިވެރިވުން، ދަރިވަރުގެ ކުރިއެރުން'' ކަމަށް އެޑިއުކޭޝަނުން ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މި އަހަރުގެ ތައުލީމީ ޝިއާރުގެ ގޮތުގައި ''ދަރިވަރުގެ ކުރިއެރުން، އަހަރެންގެ ބައިވެރިވުން'' ކަނޑައެޅީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ނަފްސަށް އެމީހެއްގެ ހިއްސާއެއްވާކަން އިހުސާސްވާން ޖެހޭނެތީ ކަމަށެވެ.

ޑރ. ނަޒީރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާއާ ކުރިއެރުމަށް ކުރި މަސައްކަތް ކާމިޔާބުވަމުން އަންނަ ކަމަށާއި ދަރިވަރުން ހޯދާ ނަތީޖާ ވެސް ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ކާމިޔާބީ ހޯދުނީ އެންމެންގެ ހިއްސާ އޮވެގެންކަން އިހުސާސްވުމަކީ އާ ޝިއާރުގެ މަގުސަދު ކަމަށެވެ.