05 Jan 2012, 16:12
މަތިންދާ ބޯޓަށް އަޅާ ޖެޓް އޭވަން ތެލުން ޑިއުޓީ މާފް ކުރުމުން އައިލޭންޑް އޭވިއޭޝަނުން ވިއްކާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުން 50ރ. އަގުހެޔޮ ކޮށްފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޖެޓް އޭވަން ފިއުލްގެ ޑިއުޓީ މާފުވުމުން އެތެރޭގެ އުދުހުންތަކުން ކޮޅަކަށް 25ރ. ހެޔޮކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަ ޕަސެންޓްގެ ޖީއެސްޓީ ނަގާތީ އެބަދަލު ނުފެންނާނެ ކަމައްވެސް އޭނާ ވިދާޅުވި އެވެ.
"އެ އަގު ހެޔޮވި ނަމަވެސް ޖީއެސްޓީ ނަގާތީ އޭގެ ބަދަލެއް ނުފެންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވިއަންއިން ބުނީ ތެލުން އެކީ އެކަށް ޑިއުޓީ މާފުވި ނަމަވެސް ފިއުލް ސާޗާޖްގެ ގޮތުގައި 424ރ. ނަގާނެ ކަމަށެވެ.