ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ މުއްދަތު ޖަހައިދިނުން ރަސްމީ ގަޑީގައި ކުރިޔަށް ގެންދާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އެ ކޯޓުން ބުނީ މިހާރު ނުރަސްމީ ގަޑީގައި ބަންދު މީހުންގެ މުއްދަތު ޖަހައިދިނުމުގެ މަޖިލިސްތައް ބާއްވަމުން ދިޔަ ނަމަވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަންދުގެ މުއްދަތު ރަސްމީ ގަޑީގައި ޖަހައިދޭ ގޮތަށް ނިންމެވީ އެ ކޯޓްގެ ގާޒީންގެ މަޖިލީހުން މިދިއަ އަންގާރަ ދުވަހު ކަމަށެވެ.

ކްރިމިނަލް ކޯޓުން މި ގޮތަށް ހަމަޖެއްސުމުން މުއްދަތުގެ މަޖިލިސްތައް އޮންނަނީ މެންދުރު ރަސްމީ ގަޑީގައި 2:00 އިން ހަވީރު 4:00 ޖަހަންދެނެވެ. 14:00 ނުރަސްމީ ދުވަހެއް ނަމަ ރޭގަނޑު 7:00 އިން 9:00 ޖަހަންދެނެވެ.

ކްރިމިނަލް ކޯޓުން ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު އެކުލަވައިލުމަށް ގާނޫނީ ވަކީލުންގެ ހިޔާލު ވެސް ހޯދައިފަ އެވެ.