05 Jan 2012, 14:54
ޒުވާނުންގެ މަރުކަރުގެ އެތެރޭ ކޯޓުގައި ރޭ ފެށި 31 ވަނަ ޤައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ރެޑްލައިން އެއްކޮޅުން ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭގެ މެޗް ރެޑްލައިން ކާމިޔާބު ކުރީ ހަރިކޭން ބީސި އާއި ބައްދަލުކޮށް 60 ޕޮއިންޓް 58 ޕޮއިންޓުންނެވެ.
ޖުމްލަ ހަތަރު ޓީމް ވާދަ ކުރާ މިމުބާރާތުގެ ކުޅުން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވާއިރު، މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ތިން ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލަށް ޓީމުތައް ހޮވޭ ގޮތަށެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
މުބާރާތުގައި މިރޭ ބައްދަލުކުރާ ދެޓީމަކީ ޓީރެކްސް އާއި ޑީބީސީ އެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިޜޭ 8:30 ގައެވެ.