މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މަހުގެ ފެށުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އަންނަ މަހުގެ މެދުތެރޭގައި ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށާއި ސީޒަން ފަށާ ދުވަސް ޔަގީން ނުވަނީ އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. މިއަހަރުގެ ސީޒަން ފަށަނީ ކޮން މުބާރާތަކުން ކަމެއް ވެސް އަދި ބުނެފައެއް ނުވެ އެވެ.

"މިހާރުވެސް ފަށަން ވެއްޖެ. ނުފެށިގެން މިއުޅެނީ އިދާރީ މައްސަލަތަކާ ހެދި. ހީވަނީ އަންނަ މަހުގެ މެދެއްހާ ހިސާބު ފެށޭނެ ކަމަށް." އޮފިޝަލް ވިދާޅުވި އެވެ.

ފުޓްބޯޅަ ސީޒަންގެ ދުވަސްވަރު ޖުމްލަ ތިން މުބާރާތެއް ކުރިއަށް ގެންދެއެވެ. އެއީ ދިރާގް ދިވެހި ލީގާއި އެފްއޭކަޕް އަދި ޕްރެޒިޑެންޓްސް ކަޕެވެ.