19 Jul 2020, 08:17
ދާދިފަހުން މަރުވި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާގުޅޭގޮތުން އޭނާ ކުރާ ތުހުމަތުތައް ސާބިތުކޮށްނުދެވިއްޖެނަމަ ޕަދްމާ ޝްރީ އެވޯޑް އަނބުރާދޭނެ ކަމަށް ބޮލީވުޑްގެ ނުފޫޒުގަދަ ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.
ރިޕަބްލިކް ވޯލްޑަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކަންގަނާ ބުނީ ސުޝާންތުގެ މަރާ ގުޅޭގޮތުން ސުވާލުކުރުމަށް މުމްބާއި ފުލުހުން އޭނާ ގާތުވެސް އެދުނު ކަމަށެވެ. ނަމަވެސް ކަންގަނާ މަނާލީގައި ހުރުމުން ޕޮލިސް ސްޓޭޝަނަށް ދެވޭ ގޮތް ވަނީ ނުވެފައެވެ. ކަންގަނާ ބުނީ ފުލުހުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމަށް މަނާލީއަށް ފުލުސް އޮފިސަރެއް ފޮނުވަން އޭނާ އެދިފައިވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން ފުލުހުންގެ އެއްވެސް ހަބަރެއްވެފައިނުވާ ކަމަށެވެ.
"އަހަރެން މިބުނަނީ އަހަރެންނަށް ބުނެވިފައިވާ އެއްޗެއް ސާބިތުކޮށް ނުދެވިއްދެވިއްޖެ ހާލަތެއް އައިސްފިނަމަ ޕަދްމާ ޝްރީ އެވޯޑް އަނބުރާ ދޭނަން. އަހަރެންމީ ހުރެފަ ހަދަހަދައިގެން ވާހަކަ ދައްކާ މީހެއް ނޫން،"
އިތުރަށް ވާހަކަ ދައްކަމުން ކަންގަނާ ބުނީ ބޮލީވުޑްގައި ސުޝާންތު ކުރިއެރުވިޔަ ނުދިނުމަށްޓަކައި އެކި ގޮތްގޮތުން މީހުން މަސައްކަތް ކުރި ކަމަށެވެ. އަދި ސުޝާންތު އަމިއްލައަށް މަރުވީ ނޫންކަމަށާއި "މޫވީ މާފިޔާ" (ގޭންގްސްޓާ) އެކުވެގެން އޭނާ މަރާލީ ކަމަށެވެ. އޭނާ ބުނީ ކަރަން ޖޯހަރުގެ "ޑްރައިވް" ގެ ލީޑު ކުޅުމަށް ސުޝާންތު ހަމަޖެއްސީ އޭނާއަށް މަލާމާތްކުރުމުގެ ގޮތުން ކަމަށެވެ. ކަންގަނާ ބުނީ ކަރަންގެ ފިލްމެއް ގައި ހިއްސާވެވުމުން ސުޝާންތު ހުރީ ވަރަށް އުފަލުން ކަމަށާއި ސިނަމާތަކުގައި އެ ފިލްމު އަޅުވާނެ ދުވަހަކަށް އޭނާ ވަރަށް އިންތިޒާރުކުރިކަމަށެވެ.
"އެކަމަކު ބަލާ ވީގޮތް. ކަރަން ބުނީ އެ ފިލްމު ސިނަމާތަކުގައި ރިލީޒެއް ނުކުރާނަމޭ. ޑިޖިޓަލް ޕްލެޓްފޯމަށޭ މި ފިލްމު ވިއްކާލާނީ. ސުޝާންތު ކަހަލަ ފްލޮޕް އެކްޓަރެއްގެ ފިލްމެއް ސިނަމާތަކުގައި އަޅުވާކަށް ބޭނުމެއްނޫނޭ. އޭރުގަ ފިލްމު ވަރަށް ނުވިއްކާނެ ޑިޖިޓަލް ޕްލެޓްފޯމަށް،"
އެވާހަކަތަކާ އެކުވެސް ސުޝާންތު ހިތްވަރުދޫކޮށް ނުލައި ކުރިއަށް ދިޔުމަށް މަސައްކަތްކޮށް "ޗިޗޯރޭ" އާންމުންނަށް ގެނެސްދިން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އަދި އެ ފިލްމު ބޮޑު ހިޓަކަށް ވެގެންދިޔައެވެ. ކަންގަނާ ބުނީ އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔަ "ގަލީ ބޯއީ" އަށްވުރެ ސުޝާންތުގެ "ޗިޗޯރޭ" އަށް ލިބުނު ފައިދާ މާ ބޮޑުވި ކަމަށެވެ. "އެކަމަކު ބަލާ. ހުރިހާ އެވޯޑެއް ދިނީ ގަލީ ބޯއީއަށް. ޗިޗޯރޭ އަކީ ބޮލްކްބާސްޓާއެއް،"
ކަންގަނާ ވަނީ އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓް ސުޝާންތުގެ ދިރިއުޅުމަށް ވަނީ ކޮން ހައިސިއްޔަތަކާ ގުޅޭގޮތުން ވެސް ސުވާލުކޮށްފައެވެ. މަހޭޝް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ރިއާ އެދިގެން ސުޝާންތަށް ކައުންސިލް ދޭން އޭނާ ދިޔަ ކަމަށެވެ.
"މަހޭޝް ބަޓް އަކީ ސުޝާންތުގެ ކާކު؟ ސުޝާންތާ ކޮން ގުޅުމެއް ހުރި މީހެއް؟ މަހޭޝް ކީއްވެ ސުޝާންތުގެ އާއިލާ މީހަކަށް ނުގުޅީ؟ ނޫނީ އޭނާގެ ޑައިރެކްޓަރަކަށް ނުގުޅީ؟ އަހަރެން ބޭނުން ރިއާ އާއި ސުޝާންތުގެ ދެމެދުގައި މަހޭޝް ބަޓް ކުރީ ކީއްތޯ ބަލަން. މުމްބާއި ފުލުހުން އެމީހުން ހިމާޔަތްކޮށްގެން އެ ތިބީ،"
ޕޮލިޓިކަލް އެކްޓިވިސްޓް ޖާވިދު އަހްތަރުގެ އެންމެ ގާތް ރަހުމަތްތެރިއަކަށް މަހޭޝް ބަޓް ވުމުން ފުލުހުން އޭނާއަށް ސުވާލު ނުކުރާނެކަމަށާއި އެ ގޭންގަން ކަންގަނާ ކިޔަނީ "ސުއިސައިޑް ގޭންގް" ކަމަށް ވެސް ވަނީ ބުނެފައެވެ.
ސުޝާންތު އާ އެއްކޮޅަށް ޓެސްޓިފައި ކުރަން ޖެހިއްޖެ ނަމަ އެކަން ކުރަންވެސް ތައްޔާރަށް ހުރިކަމަށް އޭނާ ބުންޏެވެ. ކަންގަނާ ބުނީ ނެޕޮޓިޒަމް އާ ދެކޮޅަށް ވާހަކަ ދައްކަން ފެށިއިރު އޭނާއަށް ހިތްވަރުދީ އޭނާއާ އެއްކޮޅުގައި ހުރީ ހަމައެކަނި ސުޝާންތު ކަމަށެވެ.
މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތުގެ މަރާގުޅިގެން އެންމެ ފާޅުކަން ބޮޑުގޮތުގައި އެ ވާހަކަ ދައްކާއި އާންމުންނާ އެއްކޮޅުގައި ހުރީ ކަންގަނާއެވެ. ސުޝާންތުގެ މަރުގެ ތަހުގީގުކުރުމަށް ސީބީއައި ގެނައުމަށް އާންމުން އަންނަނީ ގޮވާލަމުންނެވެ.