ކޮވިޑް 19 އަށް މިއަދު 17 މީހަކު ޕޮޒިޓިވްވެ 14 މީހަކު ރަނގަޅުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވީ 13 ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުން އަދި ސްރީލަންކާގެ އެކަކު ކަމަށެވެ.

މިހާރު ރާއްޖޭއިން 2930 މީހަކަށް ކޮވިޑް ޖެހިފައިވާއިރު މިވަގުތު ފަރުވާދެމުން ދަނީ 546 މީހަކަށެވެ. ބަލިން 2354 މީހަކު ވަނީ ރަނގަޅުވެފައެވެ.