18 Jul 2020, 15:16
އެމްއެންޑީއެފް އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާތީ ސަމާލުވާން އެދެފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް އިން ބާއްވާ ހާއްސަ އަސްކަރީ ތަމްރީނުތަކެއް މާދަމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭރު ބޭރުގައި އަދި ޅ. ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން ފަސް ނޮޓިކަލް މޭލު ބޭރުގަ އެވެ.
ތަމްރީނުތައް އޮންނާނީ މި ދެ ސަރަހައްދުގައިވެސް، ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށެވެ.
މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ބަޑިޖެހާނެތީ އެކަމަށް ސަމާލުވާން އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ބަޑިޖަހާއިރު ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާނީ މެޝެން ފަޔާ ގަން އެވެ.