ކޮވިޑް 19 އަށް މިއަދު 14 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ) އޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ތިން ބަންގްލަދޭޝް މީހަކު އަަދި އިންޑިއާގެ އެކަކު ކަމަށެވެ. މިއަދު ބަލިން ރަނގަޅުވީ އެންމެ މީހެކެވެ.

މިއަދު 14 މީހަކު ޕޮޒިޓިވްވެފައިވާއިރު އިއްޔެ ޕޮޒިޓިވްވެފައިވަނީ 68 މީހުންނެވެ. އޭގެތެރޭގައިވެސް ގިނައީ ދިވެހިންނެވެ.

މިރޭ ޕޮޒިޓިވްވީ މީހުންނާއެކު މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 2913 އަށް އަރައެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 543 ކެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 459 މީހުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 15 މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ.