ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ށ. މާއުނގޫދޫ ކަރަންކާގޭ އަޙްމަދު ރަޝީދު ޢައްޔަން ކުރައްވައި، އޭނާއަށް ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ދެއްވައިފިއެވެ.

ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް އަޙްމަދު ރަޝީދު، ޢައްޔަން ކުރެއްވީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.
އަޙްމަދު ރަޝީދު މިހާތަނަށް ހުންނެވީ، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.