އެން 95 ފިލްޓާ މާސްކް އުފެއްދި މީހާ ކޮރޯނާ ވައިރަސްއާ ގުޅިގެން އަނެއްކާވެސް ހިދުމަތަށް ނިކުމެއްޖެ އެވެ.

ޓައިވާނާއި އެމެރިކާގެ ރައްޔިތުކަން އޮންނަ ޕީޓާ ޓުސައި އަލުން މަސައްކަތަށް ނުކުތުމުގެ ދެ އަހަރު ކުރިން އޭނާ ވަނީ ރިޓަޔާވެސްކޮށްފަ އެވެ. ނަމަވެސް މި ދަނޑިވަޅު އަނެއްކާވެސް އެކަމުގެ މުހިންމުކަން އެނގިިގެން މަސައްކަތަށް ނުކުތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ކުރިން ހެދި މާސްކުގައި ހިމެނޭ ފިލްޓާއިން 95 ޕަސެންޓް މާއްދާތައް ބްލޮކްކޮށްލަ އެވެ. އޭގެ ތެރޭގައި ކޮރޯނާ ވައިރަސްވެސް ހިމެނެ އެވެ.

އޭނާ އެނބުރި އައުމަށްފަހު މަސައްކަތްކޮށްފައިވަނީ ބޭނުންކޮށްފައިވާ މާސްކުތައް އަލުން ސްޓެރެލައިޒް ނުވަތަ ޖަރާސީމުތައް މަރާލާނެ ގޮތްތައްް ހޯދުމަށެވެ.

އެގޮތުން 158 ޑިގްރީއަށް މާސްކުތައް ހޫނުކޮށްގެން ސްޓެރެލައިޒްކުރެވިދާނެ ކަން އޭނާ ވަނީ ހޯދައިފަ އެވެ. އެހާ މަތީ ޑީގްރީއަކަށް ހޫނުކުރިޔަސް އެ މާސްކު ހަލާކުނުވާނެކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޕީޓާގެ ވާހަކަ އިމެޖެންސީ މެޑިކަލް ރިޕޯޓްގައިވެސް ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް މިއީ ޕީޓާ އެންމެ ބޮޑަށް ބޭނުންވާ ގޮތެއް ނޫނެެވެ. އޭނާ ލަފާދީފައި ވަނީ އެނާގެ އެން 95 މާސްކުތަކުގެ ތެރެއިން ހާތް މާސްކު ގަނެ ކޮންމެ ދުވަހަކު އޭގެން އެއް މާސްކު އެޅުމަށެވެ.

ޕީޓާ ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ ހުރިހާ އެންމެންވެސް ބޭރަށް ނުކުމެއުޅޭއިރު މާސްކުއަޅަން ޖެހޭނެކަމަށެވެެ. -- ސީއެންއެން